ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން

ތާރީޚް ގެތެރެއިން

ސަރުކާރުން އެންމެފުރަތަމަ އައިޑީ ކާޑު ހެދުމުގެ ޤަވައިދު އިއުލާން ކުރެއްވީ 1 އެޕްރީލް 1984 ގައެވެ.

މިނިސްޓްރި އޮފް ހޯމް އެފެއާޒް ގެދަށުން ހިންގާ ވަކިއޮފީހެއްގެގޮތުގައި، ރަސްމީ ގޮތުން އައިޑީކާޑު ޔުނިޓް ގެނަމުގައި އޮފީހެއް ހުޅުވުނީ 1 މެއި 1984 ގައެވެ

އެންމެ ފުރަތަމަ ކާޑު ހެދުނީ އާދައިގެ ކަރުދާހުގައި އަތުން ލިޔެގެން ލެމިނޭޓްކޮއްގެންނެވެ


އައިޑީކާޑުގެ ފުރަތަމަ ލޭއައުޓް

އައިޑީކާޑުގެ ފުރަތަމަ ލޭއައުޓް

އެދުވަސްވަރު ގިނަމީހުން އައިޑީ ކާޑުގެ މުހިންމުކަމާއިމެދު މާބޮޑު ހެލުންތެރިކަމެއް ނުހުރެއެވެ. ރާއްޖޭގައި މީހުންއުޅޭ  208 ރަށުގެތެރެއިން 117 ރަށުގެ އާބާދީ 500 މީހުންނެއް ވުރެ މަދެވެ

އެދުވަސްވަރު މާލެއިން ޓީމުތައް އަތޮޅުތަކައް މައޫލޫމާތު އެއްކުރުމައް ގިނަ އަދަދެއްގެ ދަތުރުތައް ކުރެވުނެވެ. ނަމަވެސް އެދުވަސްވަރު ދަތުރުފަތުރު ކުރުމާއި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތަކީ ވަރައް ގިނަ ވަގުތުނަގާ ބުރަމަސައް ކަތެކެވެ


ކުރީގައި އަތޮޅުތަކައް މައުލޫމާތުއެއް ކުރުމައްޓަކައި ކުރެވުނު ދަތުރެއް

3 ނޮވެމްބަރު 1993 ގައި އައިޑީ ކާޑު ޔުނިޓް ގެނަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އައް ބަދަލުކުރެވުނެވެ

2000 ވަނަ އަހަރުގެ ތެރޭގައި ނެޝަނަލް ރެޖިސްޓްރޭޝަން އާއިބެހޭ ހުރިހާ މައުލޫމާތުތައް ހިމެނޭނެފަދަ ޑެޓާބޭސް އެއް ޑިޒައިން ކުރަން ފެށުނެވެ


އައިޑީކާޑުގެ ދެވަނަ ލޭއައުޓް

އެންމެފުރަތަމަ ކޮމްޕިއުޓަރައިޒްޑް ކާޑު ދޫކުރެވެން ފެށުނީ 2003 ވަނަ އަހަރުއެވެ


އައިޑީކާޑުގައި މިހާރު ބޭނުން ކުރަމުނަދާ ލޭއައުޓް

2005 އަހަރުގެ މެދުތެރޭގައި މިޑިޕާޓްމަންޓުގައި ހުރި ކަރުދާހުގައި ލިޔެވިފައިވާ ގިނަ ލިޔުންތައް އިލެކްޓްރޯނިކް އާކައިވް ތަކަށް އަޅަން ފެށުނެވެ


ކުރީގައި ބޭނުންކުރެވުނު ފައިލް ސިސްޓަމް މިހާރުވަނީ އިލެކްޓްރޯނިކް އާކައިވްތަކައް ލެވިފައެވެ

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަލެކްޓިންގް ޕޮއިންޓުތައް ޤާއިމްކޮއް މިޑިޕާޓްމަންޓުގެ މަސައްކަތްތައް ރާއްޖޭގެ އެކި ހިސާބުތަކައް ބަހާލެވިގެން މަސައްކަތް ކުރަންފެށުނީ 2007 ވަނަ އަހަރުއެވެ