އެފް. ޑީ. އައި މެދުވެރިކޮށް ފޯމްބަލައިގަތުމާއި ، ފޮޓޯނެގުމުގެ ޚިދުމަތްފެށުން
17 ނޮވެމްބަރ 2011
ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑު ހެދުމުގެ ޚިދުމަތް ދިނުމާ ބެހޭގޮތުން 25 އޮކްޓޯބަރ 2011 ގައި ވަނީ އެފް. ޑީ. އައި ސްޓޭޝަނާއި މިޑިޕާޓްމަންޓާ ދެމެދުގައި އެއްބަސް ވުމެއްގައި ސޮއި ކުރެވިފައެވެ. މިއެއްބަސްވުމުގެ ދަށުން 20 ނޮވެމްބަރ 2011 ވާ އާދީއްތަ ދުވަހުން ފެށިގެން އެފް. ޑީ. އައި ސްޓޭޝަން އިން ކާޑު ހެދުމަށް އެދޭ ފޯމް ދޫކުރުމާއި ، ފޯމު ބަލައިގަތުމާ، ފޮޓޯ ނެގުމުގެ ޚިދުމަތް ލިބިވަޑައި ގަންނަވާނެއެވެ. އެފް. ޑީ. އައި ސްޓޭޝަނުން ބަލައިގަންނާނީ ހަމައެކަނި ތިރީގައިބަޔާން ކުރެވިފައިވާ ޚިދުމަތަށް އެދޭ ފޯމެވެ.
- (ހ). ކާޑުގެ މުއްދަތު ހަމަވެގެން ކާޑު ހެއްދުން
- (ށ). ކާޑު ހަލާކުވެގެން ކާޑު ހެއްދުން
- (ނ). ކާޑު ގެއްލިގެން ކާޑު ހެއްދުން
އައިޑީ ކާޑު ހެއްދުމަށް ނަގާ އަގުތައް
ފައިސާ ގެ އަދަދު |
ކާޑު ހަދާ ސަބަބު |
150/- |
ކާޑު ހަލާކުވެގެން ކާޑު ހެއްދުން |
150/- |
ކާޑު މުއްދަތު ހަމަވެގެން އައުކުރުމަށް |
250/- |
ކާޑު ގެއްލިގެން |
