ދިވެހި ރައްޔިތެއް ކަންއަންގައިދޭ ކާޑު ހެދުމަށް ހުށައެޅުން
ވޭތުވެ ދިޔަ އަހަރު ތަކުގައި ޑީ.އެން.އާރްގެ ޚިދުމަތް ތަކަށް ވަނީ ބޮޑެތި ކުރިއެރންތަކެއް ލިބިފައެވެ
ޚިދުމަތް ލިބިވަޑައިގަންނަވާނޭތަން
ޑިޕާރްޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން
ވެލާނާގެ (4 ވަނަފަންގިފިލާ)، އަމީރު އަހްމަދު މަގު.
މާލެ، ފޯން 3323814
ފޯމު ހުށައްޅާ ނަންބަރު ދޫކުރާނީ
ހެނދުނު 08:10 ން 14:30 އަށް، ސަރުކާރު ބަންދު ނޫން ދުވަސް ދުވަހު
ފޯމު ޑައުންލޯޑުކުރައްވާ
އައިޑީ ކާޑު ހެދުމަށް ހުށައްޅާފޯމް
ފޯމާއިއެކު ހުށައަޅަންޖެހޭ ތަކެތިި
އަލައްކާޑު ހަދާނަމަ
- އުފަން ދުވަހުގެ ސެޓްފިކެޓުގެ އަސްލު
- މާލެ ނުވަތަ އެއްވެސް ރަށެއްގެ ދަފްތަރުގައި ޖައްސާފައިވާނަމަ އެރަށެއްގެ ދަފްތަރު ސެޓްފިކެޓްގެ އަސްލު
- މާލެ ގެއެއްގައި ރެޖިސްޓްރީ ކުރެވިފައި ވާނަމަ، އެގެއެއްގެ ރަޖިސްޓްރީގެ އަސްލު
- އަތޮޅުތަކުން ރަށެއްގެ ގޭގައި ރެޖިސްޓަރ ކޮއްފައި ވާނަމަ އެގެއެއްގެ ރެޖިސްޓްރީ، (ރެޖިސްޓްރީ އަތުގައި ނެއްނަމަ ރަށުއޮފީހުގައި އެގޭގެ ރެޖިސްޓްރި މިޑިޕާރްޓްމަންޓައް ފެކްސް ކޮއްދެއް ވުމަށް އެދި ދެންނެވިދާނެއެވެ.)
- މަންމަ ނުވަތަ ބައްޕަ އަކީ ދިވެހި ރައްޔިތެއް ނޫންނަމަ، އެބެލެނެވެރިއެއްގެ ޕާސްޕޯޓް.
- ނޯޓް: ކާޑު ހަދައިދެވޭނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅުމަށް ކަނޑައަޅާފައިވާ ރަށެއްގެ ގެއެއްގައި ނުވަތަ ދަފްތަރެއްގައި ރެޖިސްޓްރީ ކުރުމައް ފަހުގައެވެ.
- އެންމެފަހުން ހެދި އައިޑީކާޑު ކާޑުގެއްލިގެން
- ފޯމާއިއެކު އެހެންލިއުމެއް ބޭނުމެއްނުވާނެއެވެ.
- މައުލޫމާތު ބަދަލުވިކަމުގެ ހެއްކެއްގެ ގޮތުގައި ބަދަލުކޮއްފައި ވާމައުލޫމާތު ހިމެނޭ ލިއުމުގެ އަސްލިކޮޕީ
ހަލާކުވެގެން ނުވަތަ މުއްދަތު ހަމަވެގެން
މައުލޫމާތު ބަދަލުވެގެން
(މިސާލަކަށް : ނަން ބަދަލުވެފައި ވާނަމަ، ބަދަލުކޮއްފައިވާ އުފަންދުވަހުގެ ސެޓްފިކެޓް. ނުވަތަ ގޭގެ ރެޖިސްޓްރީ ބަދަލު ވެފައިވާނަމަ އަލަށް ރެޖިސްޓަރް ކުރި ގޭގެ ރެޖިސްޓްރީ)
ކާޑުހެދުމަށް ނަގާ އަގުތައް
އަލައްކާޑުހެދުން އަދި 10 އަހަރުންދަށުގެ ކާޑު ހަދާފައިވާ ކުދިންނަށް 10 އަހަރުފުރިގެން ކާޑުހެދުން |
ހިލޭ |
ލެމިނޭޓް ކާޑު އާކުރުން |
ހިލޭ |
ކޮމްޕިއުޓަރައިޒްޑް ކާޑު އާކުރަން(މުއްދަތު ހަމަވެގެން) |
150 ރުފިޔާ |
މުއްދަތު ހަމަވުމުގެކުރިން ޢާއްމުނަން، ފޮޓޯ، ނުވަތަ ސޮއި ބަދަލުކުރުންފަދަ ކަމެއްގައި އާކުރުން |
150 ރުފިޔާ |
މައުލޫމާތު ބަދަލުކުރަން(ފުރިހަމަނަން، އުފަންތާރީޚް، ދާއިމީ އެޑްރެސް) |
50 ރުފިޔާ |
ކާޑު ގެއްލިގެން |
250 ރުފިޔާ |
ފުރިހަމަ ނަން، އުފަންތާރީޙް، ދާއިމީއެޑްރެސް ބަދަލުވެގެން ކާޑުއާކުރުން(10 އަހަރުން ދަށް) |
50 ރުފިޔާ |
މުއްދަތުހަމަވުމުގެ ކުރިން ފޮޓޯ ބަދަލުކުރުންފަދަ ކަމެއްގައި އާކުރުން(10 އަހަރުން ދަށް) |
100 ރުފިޔާ |
ދައުލަތުގެ ފަރާތުން ހަމަޖައްސާ ކަމެއްގެ ސަބަބުން ކާޑުގައި ހިމެނޭއެއްވެސް މައުލޫމާތަކަށް ބަދަލެއް އައިސްގެން އާކުރުން |
ހިލޭ |
ފޮޓޯނެގުން
- ފޮޓޯ ނަގަންވާނީ މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުން އައިޑިކާޑުގެ ޚިދުމަތް ދިނުމަތް ކަނޑައަޅާ ތަންތަނުންނެވެ
- ދިހައަހަރުން ދަށުގެ ކުއްޖެއް ނަމަ، ފޮޓޯނެގިތާ ތިންމަސް ހަމަނުވާ ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް އައިޑިކާޑުގައި ޖެހުމަށް މިޑިޕާރޓް މަންޓަށް ހުށަހެޅިދާނެއެވެ. ފޮޓޯ ހުންނަން ވާނީ ހުދުކުލައިގެ ބެކްގްރައުންޑެއް ގައެވެ.
ޚާއްސަ ޙާލައްތައް
ބަލި ޙާލަތު ހުރިގޮތުން ކާޑުހެދުމަށް މިޑިޕާޓްމަންޓަށް ޙާޟިރު ނުވެވޭވަރު މީހުންނަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ ގޮތެއް ކަޑައަޅާނީ މިޑިޕާޓްމަންޓުންނެވެ.
ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުހެދުން
ޚިދުމަތް ލިބިވަޑައިގަންނަވާނޭތަން
ޑިޕާރްޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން
ވެލާނާގެ (4 ވަނަފަންގިފިލާ)، އަމީރު އަހްމަދު މަގު.
މާލެ، ފޯން 3323814
ކާޑުދޫކުރަން ނަންބަރު ދޫކުރާނީ
ހެނދުނު 09:00 ން 11:30 އަށް މެންދުރުފަހު 13:15 ން 15:30 އަށް، ސަރުކާރު ބަންދު ނޫން ދުވަސް ދުވަހު
ބޭނުން ވާނެ ތަކެތި
- ކާޑުގެ ވެރިފަރާތްކަމުގައި ވާނަމަ، ކާޑު ބަލައިވަޑައި ގަންނަވާ ސްލިޕްކޮޅު
- ކާޑުގެ ވެރިފަރާތް ނޫންނަމަ ސްލިޕްކޮޅުގެ އިތުރުން ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑިކާޑު
- ކާޑު ބައްލަވާ ވަޑައިގަންނަވާއިރު ފައިސާގެ ރަސީދު ގެންނެވުމަކީ ވަރައް ބޮޑަށް އެދެވިގެންވާކަމެކެވެ.
- ކާޑު ދޫކުރެވޭނީ ދިވެހިންނައްށެވެ. (ބޭރުމީހެއްނަމަ ކާޑުދޫކުރެވޭނީ ކާޑުގެ ވެރިފަރާތުގެ މަންމަ ނުވަތަ ބައްޕް ކަމުގި ވާނަމައެވެ. އަދި އެފަދަ ހާލަތެއްކަމުގައި ނަމަ އެމީހެއްގެ ޕާސްޕޯޓް އޮންނަން ޖެހޭނެއެވެ.)
