ައަލައް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުން
:ޝަރުތު
- ދިވެހިރާއްޖޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހެއް ކަމުގައިވުން.
- 18 އަހަރުންމަތީ މީހުން އަލަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާކަމުގައި ވާނަމަ ޑީ.އެން.އާރް އަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުއޮތް ދެ ހެކިވެރިން ގެންނަން ވާނެއެވެ.
- ސްކޫލްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ކިޔަވާކުދިންނާއި 18 އަހަރުން ދަށުގެ ކުދިން ކާޑު ހަދާއިރު ބެލެނިވެރިއެއް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއިއެކު) ހާޒިރުވާން ވާނެއެވެ.
:ަޢަމަލުކުރަންވީ ގޮތް
:މާލޭގައިނަމަ
- މައުލޫމާތުކައުންޓަރުން ނަންބަރެއް ނެގުމަށްފަހު ފޯމްބަލައިގަންނަ ކައުންޓަރަށް ނަންބަރުއެރުމުން ފުރިހަމަކޮށްފައިވާ ޚިދުމަތަށްއެދޭ ފޯމް އަދި ހުށަހަޅަންޖެހޭނެކަމަށް ("ހުށަހަޅަންޖެހޭ ލިޔެކިއުން" ބައިގައި) ބަޔާން ކޮށްފައިވާ ލިޔެކިއުންތައް ކައުންޓަރަށް ހުށަހަޅުއްވާށެވެ.
- ސޮއިއާއި އިނގިލީގެ ނިޝާން ދެއްވުމަށްފަހު، ހުށަހެޅި ލިޔެކިޔުންތަކުގެ އަސްލު ހޯއްދަވާށެވެ.
- ޚިދުމަތަށް ދައްކަންޖެހޭ ފީ ދެއްކުމަށްފަހު، ފައިސާދެއްކިކަމުގެ ރަސީދު ހޯއްދަވާށެވެ.
- ފޮޓޯ ނެންގުވުމަށްޓަކައި ނަން ގޮވަންދެން ލޮބީ ސަރަހައްދުގައި މަޑުކޮށްލައްވާށެވެ.
- ފޮޓޯނެންގެވުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ބައްލަވައި ވަޑައިގަތުމަށް ދަންނަވާ ނޯޓް ގައިވާ ގަޑިއަށް ދުރުވެ މައޫލޫމާތުކައުންޓަރާ ހަވާލުކުރުމުން ނަމްބަރެއް ދޫކުރާނެއެވެ.
- ކާޑުދޫކުރާކައުންޓަރުން ނަމްބަރު އެރުވުމުން އެކައުންޓަރަށް ދުރުވެ ނަމްބަރު ޙަވާލުކުރުމުން ކާޑު ލިބޭނެއެވެ.
:އަތޮޅުތަކުގެ ކަލެކްޓިންގ ޕޮއިންޓުންނަމަ
- ފުރިހަމަކޮށްފައިވާ ޚިދުމަތަށްއެދޭ ފޯމް އަދި ހުށަހަޅަންޖެހޭނެކަމަށް ("ހުށަހަޅަންޖެހޭ ލިޔެކިއުން" ބައިގައި) ބަޔާން ކޮށްފައިވާ ލިޔެކިއުންތައް ކަލެކްޓިންގ ޕޮއިންޓަށް ހުށަހަޅުއްވާށެވެ.
ސޮއިއާއި އިނގިލީގެ ނިޝާން ދެއްވުމަށްފަހު، ހުށަހެޅި ލިޔެކިޔުންތަކުގެ އަސްލު ހޯއްދަވާށެވެ.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ތައްޔާރުވުމުން ޑީ.އެން.އާރުއިން ކަލެކްޓިންގ ޕޮއިންޓަށް އެކަންއަންގާނެއެވެ. އަދި އެމަޢުލޫމާތު ރަށުއޮފީސްތަކަށް ވެސް ފޯރުކޮށްދެވޭނެއެވެ. ވީމާ ޚިދުމަތަށް އެދިވަޑައިގެން ކަލެކްޓިންގ ޕޮއިންޓާ ނުވަތަ ރަށުއޮފީހާ ގުޅުއްވައިގެން ކާޑު ނިމުނު ކަމުގެ މަޢުލޫމާތު ހޯއްދަވާށެވެ.
- ޑީ.އެން.އާރުއިންނާއި ރަށުއޮފީހުންވެސް ކާޑު ލިބޭނެގޮތް ހަމަޖެހިފައިވުމާއިއެކު މާލެއިން ކާޑު ހޯއްދަވަން ބޭނުންފުޅުނަމަ ޑީ.އެން.އާރުއަށް ވަޑައިގެން ނުވަތަ ކާޑާ ހަވާލުވާނެ ފަރާތެއް ބަޔާންކުރާ ލިޔުމަކާއެކު އެމީހަކު ފޮނުއްވަވާށެވެ. އަދި ރަށުން ކާޑާ ހަވާލުވުމުގައިވެސް މިދެގޮތުން ކުރެގޮތެއް ޚިޔާރު ކުރެއްވިދާނެއެވެ.
- ކާޑާ ހަވާލުވުމަށް ރަށުއޮފީހަށް ޙާޒިރުވުމަށް އަންގާފައިވާ ދުވަހު އެއޮފީހާށް ޙާޒިރުވެ ކާޑާ ޙަވާލުވެވަޑައިގެން ކާޑު ލިބިވަޑައިގެން ކަމުގެ ސޮއިކުރައްވާށެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުން
- ފުރިހަމަކޮށްފައިވާ "ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދޭ ފޯމު".
- އުފަންދުވަހުގެ ސެޓްފިކެޓް (އަސްލު).
- މާލޭގެ ރައްޔިތެއްނަމަ ގޭގެ ރަޖިސްޓްރީ. (އަސްލު)
- މާލޭ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާނަމަ ދަފްތަރު ސެޓްފިކެޓް (އަސްލު).
- ޕާސްޕޯޓް (ހަދައިފައި އޮތްނަމަ އަސްލު).
- ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންއިން ވޭތުވެދިޔަތާގައި ދީފައިވާ އެއްވެސް ލިޔެކިޔުމެއް.
- ކާޑުގައި ލޭގެ ގްރޫޕް ލިޔެވިފައޮތުމަށް ބޭނުންނަމަ، ލޭގެ ރިޕޯޓް (އަސްލު).
ފީ
އިތުރު މަޢުލޫމާތު
- ކާޑަށް ބޭނުންވާ ފޮޓޯ ނަގާނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންއިންނެވެ. ނަމަވެސް އުމުރުން 10އަހަރުން ދަށުގެ ކުއްޖަކަށްވެފައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންއަށް ހާޒިރުނުވެވޭ ހާލަތުގައި ވޭތުވެދިޔަ 1 މަސްތެރޭގައި ނަގައިފައިވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށައެޅިދާނެއެވެ. މިފޮޓޯގެ ފުރަގަހުގައި ހުންނަންވާނީ ހުސް ހުދު ކުލައެވެ.
- އަތޮޅުތަކުގެ ކަލެކްޓިންގ ޕޮއިންޓަށް މިޚިދުމަތަށް އެދޭ ފޯމު ހުށަހެޅިނަމަވެސް، މާލޭގައި ހުންނަ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންއިން ކާޑު ބަލައިގަނެވޭނެގޮތް ހަމަޖެއްސިދާނެއެވެ.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަވާލުވާން ދާ ފަރާތަކީ ކާޑުގެ ވެރިފަރާތް ނޫންނަމަ، އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ކާޑު ބަލައި އަންނާނެ ދުވަހާއި ގަޑި ބަޔާންކޮށްފައިވާ ސްލިޕްކޮޅު ގެންނަންވާނެއެވެ.
މުހިއްމުލިންކުތައް
ޑައުންލޯޑްސް