ތަޢާރަފް

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުހެދުގެ މަސައްކަތް ފެށިފައިވަނީ 26 ފެބްރުއަރީ 1984 ވަނަ އަހަރުއެވެ. ނަމަވެސް ރަސްމީކޮށް ތަނުގެ މަސައްކަތް ފެށިފައިވަނީ 01 މޭ 1984 ވަނަ އަހަރު އައިޑެންޓިޓީކާޑު ޔުނިޓްގެ ނަމުގައެވެ. ކޮމްޕިއުޓަރައިޒްޑް އައިޑީ ކާޑު ދޫކުރަން ފެށުނީ1 މޭ 2003 ގައެވެ.

 

މަޤްޞަދު

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސައްޙަ މަޢުލޫމާތު ހިމެނޭ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް ކޮންމެ ދިވެހިރައްޔިތެއްގެ އަތުގާއޮތުމެވެ.

 

ތަޞައްވުރު

ރާއްޖޭގެ ހުރިހާ ރައްޔިތުންނާބެހޭ ތަފާތު މަޢުލޫމާތުތައް ކޮމްޕިއުޓަރުގައިރައްކާކުރެވި ދުވަހުން ދުވަހަށް އަންނަ އުނިއިތުރު ބަދަލުތައް ގެނެސް އެއްކުރުމާއި ރައްކާތެރިކޮށް ރާއްޖެގެ ހުރިހާ ރައްޔިތުންނާ ބެހޭ ސައްޙަ މަޢުލުމާތު ބަލަހައްޓައި މިމައުލޫމާތައް އަންނަ ބަދަލުތައް ގެނެއުމާއި ގޭބިސީތަކުގެ ރަޖިސްޓްރީތައް ޒަމާނީޓެކްނޮލޮޖީގެ އެހީގައި ބަލަހައްޓައި ރަށުފެންވަރުގައި ކާޑު ހެދުމަށް އެދެވޭނެ މަގުފަހިކޮށް ދިނުމެވެ.

 

މުސްތަޤްބަލް

މިޑިޕާޓްމެންޓަކީ ދިވެހި ރައްޔިތުންގެ މަޢުލުމާތު އެއްކޮށް ބަލަހައްޓާ، އަންނަމުންދާ ބަދަލުތައްގެނެސް އަދި މިޑޭޓާ ރައްކާކުރާ ސަރުކާރުގެ ދާއިރާގައި އެންމެ އިސްދައުރެއް އަދާކުރަން ހަވާލުވެފައިވާ ދާއިރާއަށްވުމެވެ. އަދި މިފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ރާއްކާތެރިކަމަށާއި ތަރައްގީއަށް ބޭނުންވާ މަޢުލޫމާތު އޮތް ގަވާއިދެއްގެ ދަށުން ދޫކުރަމެވެ.